ކުޅިވަރު

އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ކަސްޓަމްސްއަށް



ސަރުކާރު އޮފީސްތަކުގެ މެދުގައި ކުޅެވޭ އޮފީސް ޓޭޕް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ކަސްޓަމްސް ހޯދައިފިއެވެ. މިމުބާރާތުގެ ޗެންޕިއަންކަން ކަސްޓަމްސް ހޯދާފައިވަނީ ޔޫތް މިނިސްޓްރީއާއި ވާދަކޮށް 10 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ.

މެޗުގައި ޓޮސް ދިމާވުމުން ޔޫތް މިނިސްޓްރީ ގަސްދުކުރީ ހޮވުމަށެވެ. ކަސްޓަމްސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 2 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދިފައިވަނީ 102 ލަނޑެވެ. ކަސްޓަމްސްއިން އެންމެ ރަގަނޅަށް ކުޅުނީ މުހަންމަދު އާމިރު އަދި މުހަންމަދު ހައިކަލްއެވެ. މީގެއިން ކޮންމެ ކުޅުންތެރިއަކުވަނީ 20 ލަނޑު ހަދާފައެވެ. އަދި އަހުމަދު ޝަރީފްވަނީ 14 ލަނޑު ކަސްޓަމްސްއަށް ހާދައިދީފައެވެ. ޖަވާބުގައި ޔޫތް މިނިސްޓްރީ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 7 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 93 ލަނޑުއެވެ. ޔޫތު މިނިސްޓްރީގެ ސައިފުލް އިސްލާމް 19 ލަނޑު ހެދިއިރު މުހަންމަދު އާމިރާއި އަހުމަދު ޝަރީފް ކޮންމެ އުކުންތެރިއަކުވަނީ 2 ވިކެޓް ނަގާފައެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނި ކަސްޓަމްސްގެ މުހަންމަދު އާމިރެވެ. އެންމެ މޮޅު ބޯލަރ، ބެޓްސްމަން އަދި ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔޫތް މިނިސްޓްރީގެ ސައިފުލް އިސްލާމްއެވެ.