އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 130 ޕޮއިންޓް 113 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 42 ޕޮއިންޓް ހޯދައިދީ 10 އެސިސްޓް ދިން ކެވިން ޑުރާންޓެވެ. އަދި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދިން ކްރިސް ލެވަރޓްއެވެ.
މިމުބާރާތުގައި ޑެންވަރ ނަގެޓްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 111 ޕޮއިންޓުން ކަމިޔާބުކުރީ ނަގެޓްސްއެވެ. މިމެޗްގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 19 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާފައެވެ. އަދި ރެޕްޓަރސްގެ ކައިލް ލޯރީވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީ ހަތް އެސިސްޓް ކޮށްފައެވެ. މީގެއިތުރުން ޑެލަސް މެވްރިކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 115 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ޓިމްގެ ހާޑަވޭ ޖޫނިއަރ ވަނީ 42 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. އަދި ޕިސްޓަންސްގެ އިސައިއާ ސްޓެވަޑް ވަނީ 20 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ.
މިމުބާރާތުގައި ހިއުސްޓަން ރޮކެޓްސް އައި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 143 ޕޮއިންޓް 136 ޕޮއިންޓުން ރޮކެޓްސް ކާމިޔާބުކުރިއިރު މިނެސޯޓާ ޓިމްބަރވުލްވްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބުކުރީ ވުލްވްސްއެވެ. އަދި ނިއުއޯލިއަންސް ޕެލިކަންސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 109 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ.