ސިއްހަތު

ހަކުރުބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް މާދަމާ ކުރިއަށްދާނެ


ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ދަމަނަވެށި ގުޅިގެން ހެލްތު ސްކުރީން ޕްރޮގްރާމެއް މާދަމާ ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ.

މި ހެލްތު ސްކްރީން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދަމަނަ ވެށީގައި ކަމަަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތުދެއެވެ. މި ހަރަކާތްތައް ކުރިޔަށް ދާނީ މާދަމާ ހަވީރު 4 ސުންމިނިޓުން ފެށިގެން އިރުއޮއްސި ހަޔެއް ޖެހުމާއި ހަމައަށްކަމަށް ވެސް އެ އެޖެންސީން މައުލޫމާތުދެއެވެ.  މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއައި ދަމަނަވެށިގުޅިގެން މާދަމާ ހަވީރު ހެލްތް ސްކުރީން ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިއެވެ.

ހަކުރުބައްޔަށް ސްކްރީން ކުރުމުގެ މި ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ޕީ.އެސް.އެމްހިއްސާކުރަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޕަބްލިކް ހެލްތް ޕްރޮގްރާމް މެނޭޖަރ އިބްރާހިމް ނިޒާމް ވިދާޅުވީ މި ޕްރޮގްރާމުގައި ދަމަނަވެށީގެ ޑޮކްޓަރުންނާއި އެޗްޕީއޭގެ ޑޮކްޓަރުންގެ އިތުރުން ހެލްތް ޕްރޮފެޝަނަލިސްޓުން ހަކުރުބައްޔާގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި ލޭގެ ޕްރެޝަރ ޗެކްކޮށްދިނުމާއި ލޭގައި ހަކުރު ހުރިމިންވަރު ޗެކްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ނިޒާމް ވިދާޅުވިއެވެ. އަދި މިޕްރޮގްރާމުގައި ހަކުރުބަލީގެ މީހުންނަށް ހާއްސަކޮށްގެން ހަކުރު ޗެެކްކުރުމަށް ބޭނުން ކުރާ ގުލްކޯމީޓަރ ހިލޭ ދިނުމަށް ހަމަޖެހިފައިވާކަމަށް ނިޒާމް ވިދާޅުވިއެވެ.ހަކުރުބައްޔާ ގުޅޭ މައުލޫމާތު ދެއްވަމުން ދަމަނަވެށީގެ ސީނިއަރ މެޑިކަލް އޮފިޝަރ ޑރ އައިޝަތު އަރޫނާ ވިދާޅުވީ ދުނިޔޭގެ 81 އިންސަތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައިކަމަށެވެ. 

ހަކުރު ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބަޔެއްކަމަށާއި، މިއީ އާއިލާއިން ވަރުތަވާ ބަޔެއް ކަމަށް ވެސް ޑރ އަރޫނާ ވިދާޅުވިއެވެ.އަދި މީގެ އިތުރުން މާބޮޑަށް ފަލަމީހުންނަށްވެސް ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށާއި މިކަންކަމުން ސަލާމަތް ވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ އަރޫނާ ވިދާޅުވިއެވެ.

ހަކުރުބަލިން ޖެހުމުން ރައްކާތެރިވުމަށްޓަކައި ކަސްރަތު ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާންޖެހޭކަމަށް ޞިއްޚީ މާހިރުން ލަފާދީފައިވެއެވެ.