ޚަބަރު

ވަގަށް ވަދެ އުޅުނު 5 ބޯޓެއް ހިފަހައްޓައިފި


ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގަވައިދާ ޚިލާފަ މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 5 ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ބޯޓުތައް ފެނިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގަރޑް ޝިޕް ހުރަވީ ޕެޓްރޯލްކުރަމުން ދަނިކޮށް މ.އަތޮޅާ ދިމާލު އިރުން 30 ނޯޓިކަލް މޭލު އެތެރެއިން ކަމަށެވެ. މި ބޯޓްތައް ކޯސްޓްގަރޑް ފެނުނުއިރު އެ ބޯޓުތައް މަސްވެރިކަން ކުރަމުން ދިޔައީ ވަކި ދުރުމިނެއް ބަހައްޓައިގެން ކަމަށެވެ. އެެހެންކަމުން މި ބޯޓްތައް ކޯސްޓްގަރޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އިއްޔެގެ އިރާކޮޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ބޯޓްގައި ޖުމްލަ 6 މީހުން ތިބިކަމަށށް މައުލޫމާތު ލިބިފައިވާކަމަށާއި މި ބޯޓްތައް މާލޭ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވުއެވެ. އަދި މި ބޯޓްތައް ބޯޓުތަށް މާލެ އާއި ހަމައަށް ގެނެވޭނެކަމަށް ލަފާކުރަނީ މާދަމާގެ މެންދުރު ފަހުގެ ވަގުތުގައިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓްތަކެއްކަމެއް އެމްއެންޑިއެފުން އަދި ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަށް ގުޅިގެންވަނީ ތަހުޤީގުކުރަން ފަށާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.