އިންޕޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮމުއްވާފައިވާ ނަންފުޅުތަކާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވުމާއެކު، ޤާނޫނު ނަމްބަރު 2014/1 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖްލީހަށް ނަންފުޅުތަކެއް ފޮނުއްވާފައިވާކަމަށެވެ.
މިދިޔަ ހޯމަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައިސޫލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނަންފުޅުތައް ފޮނުވާފައިވާކަމަށްވެސް ރައްޔިތުންގެ މަޖީލުން ވިދާޅުވެއެވެ.
އެހެންކަމުން މެއި މަހުގެ 10 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ޝަކުވާ ހުށަޅެމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، ޝަކުވާ ހުށަހަޅާއިރު ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު އެނގޭނެ ގޮތަށް ޝަކުވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސްކުރައްވައެވެ. ޝަކުވާ ހުށަހަޅާނީ [email protected] އަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.