ޖުމްހޫރީދުވަހު އެމްއެންޑީއެފްއިން
ހުށަހަޅައިދިން މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދާއި މަދާމާވެސް ބާއްވާގޮތަށް
ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން
ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި
އެމްއެންޑީއެފުން ޝަހީދުންގެ ބިނާ ކުރިމަތީގައި ހުށަހަޅައިދިން މިއުޒިކަލް
ޑްރިލް ޑިސްޕްލޭ ހަފްތާ ބަންދުގައި ބޭއްވުމަށް ނިންމީ، އާންމު ރައްޔިތުންގެ
ތެރެއިން ގިނަބައެއްގެ އެދުމުގެ މަތިންކަމަށެވެ.
އެގޮތުން އެމްއެންޑީއެފުން ވަނީ މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ހުށަހަޅާދީފައެވެ. ޑްރިލް ބަލާލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން އެސަރަހައްދަށް ދިޔައެވެ. އަދި މާދަމާ 16:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކް
ސަރަހައްދުގައި ޑިސްޕްލޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން
މައުލޫމާތުދެއެވެ.
ޖުމްހޫރީދުވަހުގެ
މުނާސަބަތުގައި ޝަހީދުގެ ބިނާ ކުރިމަތީގައި ހުށަހަޅައިދިން މިއުޒިކަލް
ޑްރިލް ޑިސްޕްލޭ ބަލާލަންވެސް އެދުވަހު ގިނަ ބަޔަކު އެސަރަހައްދަށް ދިޔައެވެ.