ޚަބަރު

އެމްޑީޕީގެ ލިޔުމެއް އަދީބަށް ދޭން އުޅުނު މައްސަލައެއް ބަލަނީ!


ފުލުހުން ތަޙުޤީޤު ކުރަމުންދާ ސީރިއަސް މައްސަލަތަކެއްގެ ތުހުމަތުގައި ކޯޓު
އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ކުރީގެ ނައިބްރައީސް އަޙްމަދު އަދީބު
ޢަބްދުލްޣަފޫރަށް އެމްޑީޕީގެ ލިޔުމެއް ދޭން އުޅުނު މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ބަލަންފަށައިފިއެވެ. 



ފުލުހުން ވިދާޅުވީ އަދީބުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ވަކީލަކު، ބަންދުގައި ހުރި މީހާއާއި ބައްދަލުކުރުމަށް ހާޒިރުވިއިރު، އަޙްމަދު އަދީބު ޢަބްދުލް ޣަފޫރަށް
ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ މައްސަލައާއި އެއްވެސް ގުޅުމެއްނެތް
ލިޔުމެއް ގެންގޮސް އަޙްމަދު އަދީބު ޢަބްދުލް ޣަފޫރާ ޙިއްސާކުރަން މަސައްކަތް
ކޮށްފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން އިއްޔެއިން ފެށިގެން އަދީބާއި ބައްދަލު ކުރުމުގެ ފުރުޞަތު އެ
ޤާނޫނީ ވަކީލަށް މެދުކަނޑާލައި އެމައްސަލަ ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތުދެއްވައެވެ. 





ފުލުހުން ވިދާޅުވީ ޤާނޫނީ ވަކީލަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާ ބައްދަލު
ކުރުމުގެ ފުރުޞަތު ވަގުތީ ގޮތުން މެދުކަނޑާލެވިފައިވަނީ ފުލުހުންގެ ޤާނޫނު 2008/5
ގެ 17 ވަނަ މާއްދާގެ (ނ) ން ބާރުލިބިގެން ހަދާފައިވާ ޢާއްމު ޤަވާޢިދުގެ 34 ވަނަ
މާއްދާގެ (މ) އާއި އެ ޤާނޫނީ ވަކީލު ޚިލާފް ވެފައި ވާތީކަމަށެވެ. 





އަދީބަށް ދޭން މަސައްކަތްކޮށްފައިވަނީ އޭނާގެ މައްޗަށް ނެގުނު އިތުބާރު ނެތްކަމުގެ މައްސަލާގައި ނެގި ވޯޓު ކާމިޔާބު ނުކުރެވުނު
ސަބަބާއި، ދިވެހި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިއޮތް
އޮތުމާގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ދެކޭގޮތް
ބަޔާންކުރާ ލިޔުމެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން މައުލޫމާތުދެއެވެ.