ޚަބަރު

އާރްޑީސީގެ ވައްކަން، 3 މީހުން ހައްޔަރުކޮށް ބަންދަށް 10 ދުވަސް


ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ދިވެހިން 3 ފިރިހެނުންކަމަށެވެ. އެއީ އުމުރުން 25 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްކަމަށެވެ.

މި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، މި އެންމެންވެސް 10 ދުވަހަށް ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީގުކުރަމުންނެވެ.

އާރުޑީސީގެ އޮފީސް ފަޅާލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ވައްކަމުގައި އެ އޮފީހުން 100،000 ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާކަމަށް އާރުޑީސީން ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.