ކޮތަޅެއް ހިފައިގެން ފިހާރައަކަށް ވަދެ ވައްކަން ކުރުމަށްފަހު ފިލި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
އިހްސާން ފިހާރަ އެކަކަށް ރަތްކޮތަޅެއް ހިފައިގެން ވަދެ ވައްކަން ކުރި މީހަކު ހޯދުމަށް އެފިހާރައިންވަނީ ވީޑިއޯއެއް އާއްމުކޮށްފައެވެ. މިވީޑިއޯއިން ފެންނަ ގޮތުން އެމީހާ ފިހާރައަށް ވަދެ މުދާތައް ބާސްކެޓަށް އެޅުމަށްފަހު ޖީބުން ރަތްކޮތަޅެއް ނަގައި އެއަށް އަޅައެވެ. އަދި އެއަށްފަހު ފިހާރަތެރޭގައި އުޅުމަށްފަހު ނިކުމެގެންދާތަން ވެސް އާއްމުކޮށްފައިވާ މި ވީޑިއޯއިން ފެނެއެވެ.