ދުނިޔޭގެ ވިޔަފާރި

67 އަހަރަށްފަހު ޓޯކިޔޯ މޮޓޯ ޝޯވ ކެންސަލްކޮށްފި


ކޯވިޑްގެ ބަކިމަޑުކަމާ ހެދި 67 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޓޯކިޔޯގެ މޮޓޯ ޝޯވ ކެންސަލް ކޮށްފިއެވެ.

ޓޯކިޔޯ މޮޓޯ ޝޯވ ކޮށްފައިމިވަނީ ޖަޕާނުގައި އަނެއްކާވެސް ކޯވިޑްގެ ބަލިމަޑުކަން އިތުރުވާން ފެށުމުން ޓޯކިޔޯ، އޮސާކާ އަދި އެހެން ދެ ސިޓީއެއްގައި ސްޓޭޓް އޮފް އިމަރޖެންސީ އިޢުލާންކުރަން ތައްޔާރުވެފައި ވަނިކޮށެވެ.

1954 ވަނަ އަހަރު ފެށި މި ޝޯވ ބާއްވަނީ ކޮންމެ ދެ އަހަރުން އެއްއަހަރުއެވެ. މިއަހަރުގެ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރުމަހުއެވެ.މި ޝޯ އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި އިރު 1.3 މިލިއަން މީހުން ވަނީ ޝޯ ބެލުމަށް ޒިޔާރަތް ކޮށްފައެވެ.

މޮޓޯ ޝޯވ ރާވާ ފަރާތްކަމުގައިވާ ޓޮޔޯޓޯ އިން ބުނެފައިވަނީ ޝޯވ ކެންސަލް ކުރީ ރައްކާތެރި މާހައުލެއްގައި ޝޯ ކުރިއަށް ނުގެންދެވިދާނެތީއެވެ. އަދި އެހެން ބޮޑެތި ޝޯވތައްހެން އޮންލައިންކޮށް މި ޝޯވ ކުރިއަށް ގެންދިއުމުގެ ޕްލޭނެއް ނެތްކަމަށްވެސް އެފަރާތުން ބުނެއެވެ.

މިދަނޑިވަޅުގައި ޖަޕާނުން ހޯސްޓް ކުރާ 2020 އޮލިމްކްސްވެސް ވަނީ އެއް އަހަރަށް ލަސް ކޮށްފައެވެ. މިއާޚިލާފަށް ޗައިނާގެ އެންމެ ބޮޑު މޮޓޯ ޝޯ ކަމަށްވާ ޝަންހާއީ 2021 ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ޝޯއަށް އެތެރެވެވެނީ ކޯވިޑް ޓެސްޓް ހެދުމަށްފަހުގައެވެ.