ޚަބަރު

އައި.އީ.ޑީ ފެނުނު މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި


މުލިއާގޭ
ކައިރިން މިމަހުގެ ދެވަނަ ދުވަހު ފެނުނު އައި.އީ.ޑީގެ މައްސަލައިގައި ހަތަރު
މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.



ނަމަވެސް އެމީހުންގެ ތަފްސީލެއް ފުލުހުން ހާމައެއް
ނުކުރައްވައެވެ.



ފުލުހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެސިސްޓަންޓް
ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒުވެސް ވަނީ މުލިއާގޭ ކައިރިން ފެނުނު
އައި.އީ.ޑީގެ މައްސަލައިގައި ބަޔަކު ހައްޔަރުކުރިކަން ޔަޤީންކޮށްދެއްވާފައެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާއެއް ނުދެއްވައެވެ. 



ނަވާޒް ވިދާޅުވީ އައި.އީ.ޑީގެ މައްސަލައިގައި
ހައްޔަރުކުރެވުނު ފަރާތްތަކުގެ ތަހްޤީޤް ފެށިފައިވާކަމަށާއި، އަދި އެމީހުންނާއި
ސުވާލުކުރަމުންދާކަމަށެވެ. އަދި ތަހްޤީޤުން މިހާތަނަށް މުހިއްމު މައުލޫމާތުތަކެއް
ހޯދާފައިވާކަމަށްވެސް ނަވާޒު ވިދާޅުވިއެވެ. 



 މުލިއާގޭ ކައިރިން
އައި.އީ.ޑީ ފެނިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.