ދުނިޔޭގެ ވިޔަފާރި

ވެކްސިން ވިއްކައިގެން ޖޯންސަންއަށް 100 މިލިއަން ޑޮލަރުގެ ފައިދާއެއް


ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އެމީހުން ލަފާކުރިގޮތަށް މިދިޔަ ކުއާޓަރ ބޮޑު އާމްދަނީ ހޯދައި އަދި ފައިދާވެސް ހޯދައިފިއެވެ.

ހަބަރުތައް ބުނާގޮތުން ކޯވިޑް 19 ގެ ވެކްސިން އުފައްދައި ވިއްކައިގެން އެ ކުންފުނިން ވަނީ 100 މިލިއަން ޑޮލަރު ހޯދާފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ މި ވެކްސިން ދިނުން މަޑުޖައްސާލާފައެވެ.

އެ ކުންފުނިން މީގެ ކުރިން ބުނެފައިވަނީ ކޯވިޑްގެ ބަލިމަޑުކަން ނިމުމަކަށް އަންނަންދެން ވެކްސިން ދޭނީ އެއްވެސް ކަހަލަ ފައިދާ އަކާނުލާ ކަމަށެވެ. ނަމަވެސް މިހާރު ކުންފުނިން ވަނީ ކޮންމެވެސް ވަރެއްގެ ފައިދާއެއް ލާފައި ވެކްސިން ވިއްކަން ފަށާފައެވެ. އެމީހުން ބުނެފައިވަނީ މިހާރުވެސް ލަފާކުރިވަރަށްވުރެ މާގިނައިން ވެކްސިން ފައިދާއަކާނުލައި ވިއްކިއްޖެ ކަމަށެވެ.

މި ވެކްސިން ޖެހުމުން ލޭގަނޑުވުމަށް މެދުވެރިވާތީ، އެމެރިކާއިން ވަނީ ވެކްސިން ޖެހުން ހުއްޓާލާފައެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ނަމަވެސް ސީރިއަސް ކަމެކެވެ.

އެ ކުންފުނިން މުޅި އަހަރަށް ލަފާކުރާ ފައިދާ އަކީ ޙިއްސާއަކަށް 9.42 ޑޮލަރުން 9.57 ޑޮލަރުގެ އިތުރުވުމެކެވެ. މީގެ ކުރިން ޙިއްޞާއަކަށް 9.40 ޑޮލަރުން 9.60 ޑޮލަރަށް އިތުރުވާނެކަމަށް ލަފާކޮށްފައިވެއެވެ. މި އިތުރުވުން އިތުރުވާނެ ކަމަށް ކުންފުނިން ލަފާ ކުރީ ބޭސް ފިހާރަތަކުގެ ވިޔަފާރިން ފައިދާ އިތުރުކުރުމަށް އެހީއަކަށް ވެފައިވާތީއެވެ.

އައިބީއެސް ހިސާބުތަކުން ދައްކާގޮތުގައި އެ ކުފުނިންވަނީ މާހިރުންގެ ލަފައާ ޚިލާފަށް ޙިއްސާއަކަށް 2.59 ޑޮލަރު ހޯދާފައެވެ. މާހިރުން ލަފާކޮށްފައިވަނީ ޙިއްސާއަކަށް 2.34 ޑޮލަރު ލިބޭނެކަމަށެވެ.
ކެންސަރުގެ ބޭހެއްކަމަށްވާ ޑަރްޒަލެކްސް ގެ ވިޔަފާރިވަނީ 45 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެއީ 1.37 ބިލިއަން ޑޮލަރެވެ. އަދި ސްޓެލަރާ ބޭހުގެ ވިޔަފާރި ވަނީ 18 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެއީ 2.15 ބިލިއަން ޑޮލަރެވެ. ޖުމްލަ ފައިދާ ވަނީ 7 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެއީ 6.20 ބިލިއަން ޑޮލަރެވެ. އަދި ޙިއްސާއަކަށް 2.32 ޑޮލަރު ޖެހޭއިރު ވިޔަފާރި ވެފައިވާ މިންވަރު ވަނީ 7.9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެއީ 21.98 ބިލިއަން ޑޮލަރެވެ.