ޚަބަރު

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ބިޑުތައް ހުޅުވައިފި


ހުޅުލެއާއި މާލެ ގުޅުވާލުމަށް އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ބިޑުތައް ހުޅުވައިފިއެވެ. ބްރިޖު އެޅުމަށް ހުށަހަޅާފައިވާ ބިޑުތައް ހުޅުވާއި، މިމަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅެމަށްޓަކައި ބިޑުތައް ދިރާސާކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ޗައިނާގައެވެ. ހުޅުލެއާއި މާލެ ގުޅުވާލަދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް މިމަހުގެ 14 ވަނަދުވަހު ކޮންޓްރެކްޓަރާއި ހަވާލުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

ބިޑް ހުޅުވުމާއި ދިރާސާކުރުމުގެ މަސައްކަތުގައި   ހައުސިންގ މިނިސްޓްރީގެ ޓީމެއްވެސް ދަނީ ބައިވެރިވަމުންނެވެ.  

ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކޮޅު ފެށިގެންދާނެ ކަމަށާއި އެކަމަށް ދިވެހި ސަރުކާރުން ވާން ޖެހޭ އެންމެހާ ތައްޔާރީތައް ނިމިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.  އަދި ބްރިޖް އެޅުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް މިނިސްޓަރު މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. 

ޗައިނާގެ ސަފީރު ވަންގ ފޫކާންގ ވިދާޅުވީ ބްރިޖްގެ މަސައްކަތަށް މާލީގޮތުންނާއި ޢަމަލީގޮތުން ޗައިނާއިން އެހީތެރިވަމުން ގެންދާކަމަށެވެ. އަދި ދެޤައުމުގެ ވެސް ޢަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުން ކަމަށް ސަފީރު ވިދާޅުވިއެވެ.