ޚަބަރު

ޑިފެންސް މިނިސްޓަރާއި ޓުއަރިޒަމް މިނިސްޓަރަށް ރުހުންދެއްވައިފި


ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ
އައްޔަން ކުރައްވާފައިވާ މޫސާ ޒަމީރާއ،ި ޑިފެންސް
މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އާދަމް ޝަރީފް އުމަރަށް ރައްޔިތުންގެ
މަޖިލީހުން ރުހުންދެއްވައިފި.

ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރަށް ރުހުން
ލިބިވަޑައިގަތީ 69 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި ޑިފެންސް މިނިސްޓަރ އާދަމް
ޝަރީފަށް ރުހުން ލިބިވަޑައިގަތީ 66 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. 

މި ދެބޭފުޅުން
ވަޒީރުންނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިދިޔަމަހުގެ އަށާވީސް ވަނަ
ދުވަހުއެވެ. 

އަދި ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ.

 ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރެއްވުމުގެ ކުރިން އާދަމް ޝަރީފް ހުންނެވީ
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. 

 ޑިފެންސް މިނިސްޓަރުގެ މަގާމު
ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި މޫސާ އަލީ ޖަލީލު މިދިޔަ
އޮކްޓޯބަރު 14 ގައި މަގާމުން ވަކިކުރެއްވުމާ ގުޅިގެނެވެ. 

މިއަދުގެ ޖަލްސާގައި ވަނީ ރާއްޖެއިން އދ. އަށް ކަނޑައަޅާ
ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓު ރެޕްރެޒެންޓޭޓިވްގެ މަގާމަށް ޑރ. ހާލާ
ހަމީދު އައްޔަން ކުރެއްވުމަށް ވެސް ރުހުން ދެއްވާފައެވެ. 

ޑރ. ހާލާ ހަމީދު މިހާރު
ހުންނަވަނީ ފޮރިންގ މިނިސްޓްރީގެ އެމްބެސަޑަރ އެޓް ލާޖްގެ މަގާމްގައެވެ.