މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް އެލައިޑް


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ
ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް އެލައިޑް
އިންޝުއަރެންސް ކޮންމްޕެނީ ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި
ޕީ.އެސް.އެމުން ސޮއިކޮށްފިއެވެ.

މިއާ އެކު މި ޝޯގެ މެއިން ސްޕޮންސަރުންނަކީ ލޮޓަސް އަދި
އެލައިޑް އިންޝުއަރެންސް ކޮމްޕެނީއެވެ.

މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރަކަށް އެލައިޑް
އިންޝުއަރެންސް ކޮންމްޕެނީ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕަބްލިކް ސަރވިސް
މީޑިއާ، ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ
އައިމިނަތު ޝާޔަން ޝާހިދު އަދި ޑައިރެކްޓަރ އޮފް ސޭލްސް މުޙައްމަދު އަޙުމަދެވެ. 



އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ
އެކުންފުނީގެ ޖެނެރަލް މެނޭޖަރ ނިޔާޒް މުޙައްމަދު އަދި ކޮންސަލްޓަންޓް މަރކެޓިންގް
ނިއުޝާދް ޝަރީފެވެ.



މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު
ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު
ޝާޔަން ޝާހިދު ވިދާޅުވީ، މޯލްޑިވިއަން އައިޑޮލްގެ މެއި ސްޕޮންސަރއަކަށް އެލައިޑް
އިންޝުއަރންސް ކޮމްޕެނީ ހަމަޖެހިގެން ދިޔުމަކީ މި ޕްރޮގްރާމް ކާމިޔާބު
ޕްރޮގްރާމަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު
ކުރިއެރުމެއް ކަމަށެވެ. 





މި ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ
ޖެނެރަލް މެނޭޖަރ ނިޔާޒް މުޙައްމަދު ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ
ސްޕޮންސަރ އަކަށްވުމަށް އެކުންފުނިން ނިންމީ މި ޕްރޮގްރާމަކީ ވަރަށް ގިނަ ޒުވާނުން
ބައިވެރިވާ ޕްރޮގްރާމަކަށް ވުމުން ކަމަށެވެ. އަދި މި ޕްރޮގްރާމް ސްޕޮންސަރ ކުރުމުގެ
ފުރުސަތު ލިބުމަކީ އެކުންފުންޔަށް ލިބޭ އުފަލެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ. މޯލްޑިވިއަން އައިޑަލް ސްޕޮންސަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އަދިވެސް
އެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށް ޕީއެސްއެމްއިން ހާމަކުރެއެވެ.  

މޯލްޑިވިއަން އައިޑަލްގެ މެއިން ސްޕޮންސަރުންނަށް ލޮޓަސް
އަދި އެލައިޑް އިންޝުއަރެންސް ހަމަޖައްސާފައިވާއިރު، މި ޝޯވގެ ޓައިޓަލް
ސްޕޮންސަރަކީ ދިރާގެވެ. މޯލްޑިވިއަން އައިޑަލްގެ އަތޮޅުތެރޭގެ އޮޑިޝަންތައް މިހާރު
ނިމިފައިވާއިރު، މާލެ ސިޓީގެ އޮޑިޝަންތައް މިމަހުގެ 14 ވަނަ ދުވަހު ފެށުމަށް ވަނީ
ހަމަޖެހިފައެވެ.