ޚަބަރު

ދަރުބާރުގެ ހިމެނޭ ސަރަހައްދު މިރޭ ބަންދުވާނެ


ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާއަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާ ހާޒިރީންގެ
ސަލާމަތާ ރައްކާތެރިކަން ޤާއިމްކޮށް އެސަރަޙައްދުގެ ޓްރެފިކް ހަމަޖެއްސުމަށް
ދަރުބާރުގެ ހިމެނޭ ސަރަޙައްދުގެ ބައެއް މަގުތައް މިރޭ 19:00ން ފެށިގެން  ޖަލްސާ ނިމެންދެން ބަންދުކުރާގޮތަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕޮލިސް
ސަރވިސަސްއިން ހާމަކުރައްވައިފިއެވެ.  



އެގޮތުން އާއްމު ޓްރެފިކަށާއި ހިނގާ މީހުންނަށް
ނުވަދެވޭގޮތަށް ބަންދުކުރެވޭ މަގުތަކަކީ، ބޮޑު ތަކުރުފާނު މަގު އަމީނީ މަގު ގުޅުނު
ކަންމަތި، ބޮޑުތަކުރުފާނު މަގު ކޮއިމަލާ ހިނގުން ގުޅުނު ކަންމަތި، އަމީނީމަގު
މޫންލައިޓް ހިނގުން ގުޅުނު ކަންމަތި، އަމީނީމަގު ކަށިމާ ހިނގުން ގުޅުނު ކަންމަތި، ބުރުޒުމަގު
ރަތްވިލާ ހިނގުން ގުޅުނު ކަންމަތި، ބުރުޒުމަގު އިރުދޭމާ ހިނގުން ގުޅުނު ކަންމަތި، ބުރުޒުމަގު
ޖަނަވަރީ ހިނގުން ގުޅުނު ކަންމަތި، ބުރުޒުމަގު މޫނިމާ ހިނގުން ގުޅުނު ކަންމަތި، ބުރުޒުމަގު
ކަލާފާނު ހިނގުުން ގުޅުނު ކަންމަތި، މިއެވެ.



މި ޖަލްސާއަށް ރަތްވިލާ ހިނގުމާއި އިރުދޭމާ ހިނގުމާއި
ޖަނަވަރީ ހިނގުމާއި މޫނިމާ ހިނގުމުގެ އިތުރުން ކަލާފާނު ހިނގުން އަދި  އަމީނީމަގު ކަށިމާ ހިނގުން ގުޅުން ކަންމަތިން ފެށިގެން ކަލާފާނު ސްކޫލާ ހަމައަށް
ޕާކިންގ ޒޯންތައް ހުސްކުރާނޭކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މަގުތައް
ހާއްސަކުރެވިފައިވަނީ ޖަލްސާއަށް ވަޑައިގަންނަވާ އެހެނިހެން އިއްޒަތްތެރިންގެ
އުޅަނދުތައް ޕާކްކުރުމަށްކަމަށްވެސް ފުލުހުން ބުނެއެވެ.



މީގެއިތުރުން ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ފުރަގަސް
ހާއްސަކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރާއި ރައްޔިތުން
މަޖިލިސްގެ ރައީސް އާއި ސްޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ކެބިނެޓް
މިނިސްޓަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ ކާރުކޮޅުތައް
ޕާކްކުރުމަށްވެސް ފުލުހުން ބުނެއެވެ.



މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާ
އެއްބާރުލެއްވުން ދެއްވުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ދަރުބާރުގެ
ހިމެނޭ ސަރަޙައްދު ބަންދު ކުރުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް
ނިހާޔަތަށް މާފަށް އެދޭކަމަށްވެސް ފުލުހުން ބުނެއެވެ.