ޚަބަރު

ކިނޮޅަހު ކައުންސިލު އިދާރާގެ ތިޖޫރި ފަޅާލައިފި


މާޅޮސްމަޑުލު އުތުރުބުރި ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ
ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.



ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި
ވައްކަންކޮށްފައިވަނީ ރޭ މެންދަމުން އަލިވެ 03:10 ހާއިރު އެތަނުގެ ކުޑަދޮރެއް
ހަލާކުކޮށްލައިގެން ވަދެކަމަށް ފުލުހުން މައުލޫމާތުދެއެވެ.



އެ ތިޖޫރީގައި 78،000 އަށްވުރެ ގިނަ ރުފިޔާ ހުންނާނެކަމަށް ކައުންސިލް އިދާރާއިން މަޢުލޫމާތު ދެއެވެ.



މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.



މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.