ޚަބަރު

ރަމަޟާންމަހު ގޭބިސީތަކުން ކުނި ނެރެންޖެހޭ ގަޑިތައް އާއްމުކޮށްފި


ވެމްކޯއިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ރަމަޟާންމަހު ކުރިއަށް ގެންދާނެ ގަޑިތައް އާއްމުކޮށްފިއެވެ. ވެމްކޯއިން ޚިދުމަތްދެމުން އަންނަ ސިޓީތަކާއި ކުނި މެނޭޖްކުރާ ރަށްރަށުގައި ކުނިނެރުމަށްވަނީ ޚާއްސަ ގަޑިތަކެއް ހަމަޖައްސާފައެވެ.

ވެމްކޯއިން ރަމަޟާންމަހު ކުނިނެގުމުގެ ޚިދުމަތް ގޭބިސީތަކަށް ދޭ ގަޑިތަކާއި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތްދޭ ގަޑިތައް ޢާއްމުކޮށްވަނީ ޢިއުލާންކޮށްފައެވެ. މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ގޭބިސީތަކުން ކުނިނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 2200 އިން ފެށިގެން 2300 އާހަމައަށެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކުނި ނެގުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 7 އާއި މެންދުރުކުރި 11 ޖެހުމާއި ހަމައަށެވެ. އަދި އެސިޓީގެ ހުޅުމީދޫ ގޭބިސީތަކުން ކުނިނަގަމުންދާނީ ކަނޑައެޅިފައިވާ ދުވަހުގެ ހެނދުނު 9 އަކުން ހަވީރު 4 ޖެހުމާއި ހަމައަށް ކަމަށް ވެމްކޯއިން ވިދާޅުވެއެވެ. ފުވައްމުލައް ސިޓީގެ ގޭބިސީތަކުން ކުނިނަގާނީ އެގޭބިސީއަކުން ކުނި ނެގުމަށް ހަމަޖެހިފައިވާ ދުވަހުގެ ހެނދުނު 8 އިން މެންދުރުފަހު 1400 ޖެހުމާއި ހަމައަށެވެ.

މާލޭގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10އަކުން ފެށިގެން ހަވީރު 17 ޖެހުމާހަމައަށް ރޭގަނޑު 20:00އިން ފެށިގެން މެންދަރު 3 ޖެހުމާހަމައަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގައި ޚިދުމަތްދިނުމަށްވަނީ ނިންމާފައެވެ. އަދި ހުކުރު ދުވަހު މިސްޓޭޝަންތަކުން ޚިދުމަތްދެމުންގެންދާނީ މެންދުރުފަހު 1400 އިން ހަވީރު 1700އާހަމައަށެވެ. އަދި ރޭގަނޑު 20:00އިން މެންދަމު 0300ޖެހުމާހަމައަށެވެ.

ހުޅުމާލޭގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10އިން ފެށިގެން ހަވީރު 17 ޖެހުމާހަމައަށް ރޭގަނޑު 20:00އިން ފެށިގެން މެންދުރު 1 ޖެހުމާ ހަމައަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ޚިދުމަތްދިނުމަށްވަނީ ނިންމާފައެވެ. އަދި ހުކުރު ދުވަހު މިސްޓޭޝަންތަކުން ހުޅުމާލޭގައި ޚިދުމަތްދެމުންގެންދާނީ މެންދުރުފަހު 1400 އިން ހަވީރު 1700އާހަމައަށެވެ. އަދި ރޭގަނޑު 20:00އިން މެންދަމު 0200ޖެހުމާހަމައަށެވެ.

ވިލިމާލޭގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10އަކުން ފެށިގެން ހަވީރު 17 ޖެހުމާހަމައަށް ރޭގަނޑު 20:00އިން ފެށިގެން މެންދުރު 2 ޖެހުމާހަމައަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގައި ޚިދުމަތްދިނުމަށްވަނީ ނިންމާފައެވެ. އަދި ހުކުރު ދުވަހު ހުޅުމާލޭގައި މިސްޓޭޝަންގައި ޚިދުމަތްދެމުންގެންދާނީ މެންދުރުފަހު 1400 އިން ހަވީރު 1700އާހަމައަށެވެ. އަދި ރޭގަނޑު 20:00އިން މެންދަމު 0200ޖެހުމާހަމައަށެވެ.

ތިލަފުށީގައި ކުނި ނައްތާލުމަށް މަސައްކަތްކުރާނީ ރަމަޟާންމަހުގެ ހޮނިހިރުދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 0930އިން ފެށިގެން 1545އާއިހަމައަށެވެ. އަދި ރޭގަނޑު 2100އިން ފެށިގެން 00:30ހާއިހަމައަށެވެ. ހުކުރުދުވަހު ތިލަފުށީގައި މިމަސައްކަތްކުރިއަށްގެންދާނީ މެންދުރުފަހު 1400 އިން ހަވީރު 1700އާހަމައަށެވެ. އަދި ރޭގަނޑު 21:00އިން މެންދަމު 00:30އާއިހަމައަށެވެ.

ވެމްކޯއިންވެސް ރަމަޟާންމަހުގެ ރަސްމީގަޑީގައި އޮފީހުން ބޭނުންވާ ޚިދުމަތްތައް ދިނުމަށް ނިންމާފައިވާއިރު ކޯލް ސެންޓަރުގެ ޚިދުމަތްވެސް ކުނިނެގުމަށް ޚާއްސަކުރެވިފައިވާ ގަޑިތަކުގައި ދެމުންގެންދާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ރަމަޟާންމަހަކީ ކުނިވާ ޒާތު ކުނި ގިނަވާ ދުވަސްވަރެއްކަމުން ކުނި ނެރުމުގައި ސަމާލުވުމަށް ވެމްކޯއިން އިލްތިމާސްކުރައްވައެވެ. އަދި ކުނި ބަންދު ކުރުމުގައި ވީހާވެސް ބޮޑަށް ޕްލާސްޓިކާއި ކުނިވާ ޒާތުގެ ކުންޏާއި ހަލާކުވުމަށް ގިނަދުވަސްނަގާ ކުނީގެ ބާވަތްތައް ވަކިކޮށް ރަނގަޅަށް ބަންދުކޮށްފައި ކުނި ނެރުމަށް ވެމްކޯއިން އިލްތިމާސްކުރައްވައެވެ.