ޚަބަރު

މ.މަޑުއްވަރީ ފަޅުގައި އޮތް ދޯންޏެއްގައި ރޯވެއްޖެ


މ އަތޮޅު މަޑުއްވަރީ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.ފުލުހުން ބުނީ މިރޭ އިރުއޮއްސި ހަގަޑި ތިރީސް އެހާކަންހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ. އަދި އަލިފާން ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް، އަލިފާން ގަނޑު ނިންވާލާފައިވާކަމަށް ފުލުުހުން މައުލޫމާތުދެއެވެ. ނަމަވެސް އަލިފާންގަނޑު ނިއްވާލިއިރު ދޯނީގެ ގެގަނޑުގެ ބޮޑުބައެއް އަނދާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިހާދިސާ ހިނގިއިރު ދޯނީގައި ހުރީ އެންމެ މީހެއްކަމަށާއި، އެމީހާ ސަލާމަތްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި ދިއްގަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން ހަރަކާތްތެރި ވަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.