ހުޅުމާލޭގައި ސައިކަލަކާއި ބަހެއް ޖެހި ހިނގި
އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު
ހަވީރު ހަތަރު ގަޑި ދިހައެއް އެހާކަންހާއިރު، ހުޅުމާލެ ނިރޮޅުމަގުން ދުއްވާފައި
ދިޔަ ބަހަކާއި ސައިކަލެއް ޖެހިގެންކަމަށެވެ.
އަދި މިއެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން
މީހާއަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާކަމަށާއި، ނަމަވެސް ސީރިއަސް
އަނިޔާތަކެއް ނުލިބޭކަމަށެވެ.