ވިޔަފާރި

ރިސޯޓް ތަރައްޤީކުރަން ރާއްޖޭގެ 7 އަތޮޅަކުން 23 ރަށެއް ބީލަމަށް


ގދ. އަތޮޅުން ގިނަ ރަށްތަކެއް ހިމެނޭހެން ރިސޯޓްތަރައްޤީކުރަން ރާއްޖޭގެ 7 އަތޮޅަކުން 23 ރަށެއް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީކުރުމުގެ 2 ވަނަ މަރުހަލާގައި 23 ރަށެއް 16 ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިފަހަރު ހުޅުވާލި ރަަށްތަކުގެތެރޭގައި އެއް ފަޅެއްގައި އޮންނަ ރަށްތައް ލިބޭނީ އެކަކަށް ކަމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ގދ. އަތޮޅުން އެއް ފަޅެއްގައި ކައިރި ކައިރީ އޮތް 4 ރަށެއްވެސް ރިސޯޓް ތަރައްޤީކުރުމަށް ދޫކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

2 ވަނަ މަރުޙަލާގައި އިޢުލާން ކޮށްފައިވާ ރަށްތަކަކީ

ހއ. ވެލިފިނޮޅު
ހއ. އަލިދުއްފަރުފިނޮޅު
ހދ.ކުޑަފަރުފަސްގަނޑު
މ.ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
މ.މާއުސްފުށި
ތ.ކާއްޑޫ
ތ.ކަނިމީދޫ (އުތުރު ފަރާތުން) 10 ހެކްޓަރުގެ ބިން
ތ. އޮޅުފުށި، އިޅުފުށި ފިނޮޅާއި އެކު،
ލ.ކަށިދޫ
ލ.ބޮޑުމުންޏަފުށި
ލ.ދޮންބެރެހާ (ހޮޅުރަހާ އާއެކު)
ގއ. މާރެހާ
ގއ. ފުނަދޫވިލިގިއްޔާ
ގދ. ކަނޑަހަލަގަލާ
ގދ.ކަޑެވާރެހާ، ދިގުރެހާ އާއެކު،
ގދ. ފެރޭތަވިލިގިއްޔާ އާއި އެކު ކްލަސްޓަރއެއްގެ ގޮތުގައި، ދެކާނބާ، ކޮޑެރަޓާ އަދި 2.97 ހެކްޓަރުގެ އިތުރު ރަށެއްވެސް މި ކްލަސްޓަރގައި ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހު 10:00އަށް މި މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅަންވާނެ ކަމަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި މިމަހުގެ 28ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް އެމިނިސްޓްރީން އެދެއެވެ.