ޚަބަރު

ޤާޒީ ޒުބައިރުއާއި، ޤާޒީ ސަމީރުގެ ސުލޫކީ މައްސަލައެއް ބަލަނީ


ސުޕީރިއާ ދެ ކޯޓެއްގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބަލަމުންދަނީ ސިވިލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ސުލޫކީ މައްސަލަ އެކެވެ.

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށްދިޔަ ޙުކުމް ތަންފީޒުގެ މައްސަލައެއް ނިންމެވީ އެއްވެސް ޚަސްމަކު ޙާޟިރުކުރުމަކާނުލައި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރު އާއި ގުޅޭ ގޮތުން ބަލަމުންދާ މައްސަލައަކީ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، ޢަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

މިދެ މައްސަލައިގެ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.