ޚަބަރު

ބ.އަތޮޅުގެ ތިން ރަށަކުން 5 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ބ.އަތޮޅުގެ ތިން ރަށަކުން ހޯމް ކަރަންޓީންގައި ތިބި 5 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިމީހުން ޕޮޒިޓިވްވީ ހޯމް ކަރަންޓީންގެ 10 ދުވަހުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް ޓެސްޓުންނެވެ.

މައުލޫމާތު ލިބޭގޮތުގައި މިއެންމެންނަކީވެސް މާލެއިން ހޯމް ކަރަންޓީނަށް ދިޔަ މީހުންނެވެ. ޕޮޒިޓިވްވެފައިވަނީ ދަރަވަންދޫއިން 3 މީހުންނާ މާޅޮހުން މީހަކާއި އޭދަފުށިން މީހެކެވެ. މިގެތެރޭގައި ހިމެނެނީ ތިން އަންހެނުންނާ ދެ ފިރިހެނުންނެވެ. މިއެންމެންގެ ހާލު ރަނގަޅު ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ބ.އަތޮޅަށް ހޯމް ކަރަންޓީނަށް ފަސްހާހަށްވުރެ ގިނަ މީހުން ގޮސްފައިވާއިރު، މީގެތެރެއިން 70 އަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.