ޚަބަރު

ރަޒީންގެ މަރުގެ މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި


ހ. ހަންޑްރެޑް ފްލާވަރ ޙުސައިން ރަޒީންގެ މަރުގެ މައްސަލާގައި ޝްރީލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ވަނީ ރަޒީންގެ މަރުގެ މައްސަލައިގައި ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއްނުކުރަށްވައެވެ. 

ފުލުހުން މައުލޫމާތުދޭ ގޮތުގައި މިމަހުގެ 5 ވަނަ ދުވަހު ލަންކާގައި، ހ. ހަންޑްރެޑް ފްލާވަރ ޙުސައިން ރަޒީން (29އަހަރު) އަނިޔާ ތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައިވާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއާ ޙިއްސާ ކުރުމާއެކު ޝްރީލަންކާގެ ފުލުހުންގެ ތަޙުޤީޤު ޓީމާއެކު މަސައްކަތް ކުރުމަށް ފުލުހުންގެ ތަޙުޤީޤު ޓީމެއް  މިހާރު ދަނީ ޝްރީލަންކާގައި ހަރަކާތްތެރިވަމުންނެވެ. 

އަދި މިމައްސަލަ ތަޙުޤީޤު ކުރަމުންދަނީ ޝްރީލަންކާ ފުލުހުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަން އިން މައުލޫމާތުދެއެވެ.