ޚަބަރު

މަޖިލިސް ސެކިއުރިޓީން އޮފީހަށް ނުނިކުތުމަށް އަންގައިފި


ރައްޔިތުންގެ
މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ވަޒީފާގައި އުޅޭ އާއްމުން ވަކި އެއްޗެއް
އަންގަންދެން އޮފީހަށް ނުނިކުންނަން މަޖިލީހުގެ އިދާރާއިން އަންގައިފިއެވެ. 



ރައްޔިތުންގެ
މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ސެކިއުރިޓީންގެ
ގޮތުގައި ހަރަކާތްތެރިވާ ބާވީސް މީހަކު ވަކި އެއްޗެއް އަންގަންދެން ވަޒީފާއަށް
ނުނިކުތުމަށް އަންގާފައިވާކަމަށް. ނަމަވެސް އެބަދަލު ގެންނެވި ވަކި ސަބަބެއް
އަމީން އާއްމު ހާމައެއްނުކުރަށްވައެވެ.



މަޖިލީހުގެ
ސެކިއުރިޓީ ސިފައިން ބަލަހައްޓަމުން ދަނިކޮށް، އެމަސައްކަތް އާއްމުންގެ ބަޔަކާއި
ހަވާލުކުރީ މަޖިލިސް ރައީސަކަށް އަބްދުﷲ ޝާހިދު ހުންނެވި ދުވަސްވަރުއެވެ. 



މަޖިލީހުގެ އަމީން
އާއްމު ވިދާޅުވީ މަޖިލީހުގެ ސެކިއުރިޓީ ކަންކަން މިހާރު ބަލަހައްޓަމުން ދަނީ
އެމްއެންޑީއެފްގެ ފަރާތުންކަމަށް. ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބުނާ ސާރޖަންޓް
އެޓް އާރމްސްގެ މަޤާމު އަދިވެސް އޮންނާނެކަމަށް އަމީން އާއްމު ވިދާޅުވިއެވެ.