ވިޔަފާރި

ސިޔާސަތުތައް އެކުލަވާލާއިރު ބޮޑެތި ސިނާއަތްތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރަން ޚާއްސަ އިސްކަމެއް


ސިޔާސަތުތައް އެކުލަވާލުމުގައި ރާއްޖޭގެ ބޮޑެތި ސިނާއަތްތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ފްރޮގްރާމްގައި ވާހަަކަދައްކަވަމުން ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ވިދާޅުވީ ރާއްޖޭގައި ވިޔަފާރިތައް ފެށުމަށް ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ބައެއް ދާއިރާތަކަށް ބޭރުގެ އިންވެސްޓަރުންނަށް ނުވަދެވޭނެކަމަށް ވިސާމް ވިދާޅުވިއެވެ.

"ރީޓެއިލް ޓްރޭޑް، ހޯލް ސޭލް ޓްރޭޑް، ހޯލް ސޭލް ޓްރޭޑްގައި ކޮންސްޓްރަކްޝަން ފިޔަވައި އެހެން ހުރިހާ ދާއިރާތަކަަކީ ބަންްދު ދާއިރާތަށް، ދެން ދިވަހިންނާއި ގުޅިގެން، ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ލިބޭ ދާއިރާތަށްވެސް ހުރޭ،" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ފޮރިން މިނިސްޓްރީއާއި ގުޅިގެންވެސް ގިނަ މަސައްކަތަކެއް ކުރެވެމުންދާކަން ވިސާމް ފާހަގަކުރެއްވިއެވެ.

"ފޮރިިން މިނިސްޓްރީއާއި އެކީގައި ބައިލެޓްރަލް ގުޅުން އޮންނަ ގިނަ ޤައުމުތަކާއި އެއްކޮށް، ރާއްޖޭގައި އިންވެސްޓްކުރާގުޅޭ މައުލޫމާތުތައް ދިނުުގެ ސިލްސިލާ ސެޝަންތަކެއް ބާއްވަމުންދަނީ، ވަރަށް ގިނަ ފަރާތްތަކުން މައުލޫމާތު ހޯދާ ރާއްޖޭގައި އިންވެސްޓްކުރުމާއި ގުޅޭގޮތުން،" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ވިޔަފާރިތަކަށްވެސް ރާއްޖޭގައި ފަހި މާޙައުލެއް ޤާއިމްކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ދާދިފަހުން ޕޯޓަލްގައި ޝާއިޢުކޮށްފައިވާ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގައި ގާތްގަނޑަކަށް 250 ބޭރުގެ އިންވެސްޓްމަންޓް މިހާރުވެސް ރަޖިސްޓްރީ ކޮށްފައިވާކަމަށް ވިސާމް ވިދާޅުވިއެވެ. ވިސާމް ވިދާޅުވީ ބޭރުގެ އިންވެސްޓަރުންގެ ވިޔަފާރިތައް ކުރިއަށްދާގޮތްވެސް އިކޮނޮމިކް މިނިސްޓްރީން ބަލަމުންދާކަމެވެ.