ކުޅިވަރު

1 އަހަރު ދުވަހުގެ ސްކޮލަޝިޕަކަށް މައިޝާ އިންޑިޔާއަށް ފުރައިފި.


އެއް
އަހަރު ދުވަހުގެ ސްކޮލަޝިޕަކަށް ގައުމީ ބެޑްމިންޓަން ޓީމްގައި ހިމެނޭ މައިޝާ
ފަތުޙުﷲ އިންޑިޔާއަށް ފުރައިފިއެވެ.





 މޯލްޑިވްސް ބެޑްމިންޓަން އެސޯސިއެޝަންއިން މަޢުލުމާތުދޭ
ގޮތުގައި މިސްކޮލަޝިޕްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެހީގައި މައިޝާއަށް
ލިބުނު ފުރުސަތެކެވެ. ގައުމީ ބެޑްމިންޓަން ޓީމްގެ މެނޭޖާރ އިޝްފާން މުހައްމަދުބުނީ
އެއްއަހަރު ދުވަހު ސްކޮލަޝިޕްއެއްގެ ދަށުން މައިޝާ ފަރިތަކުރުންތަށް ކުރިއަށް
ގެންދާނީ އިންޑިޔާގެ ބެންގަލޫރުގެ ތޯމަސް އެކަޑަމީގައިކަމަށެވެ. އިންޑިޔާގެ ތޯމަސް
އެކަޑަމީއަކީ މިހާރު ބެޑްމިމްޓަންގައި އެންމެ ނަންހިގާ ކުޅުންތެރިންވެސް
ފަރިތަކުރުންތަށް ކުރިއަށް ގެންގޮސްފައިވާ އެކަޑަމީއެއްކަމެއްކަމަށާ ހާއްސަކޮށް
އެކަޑަމީގެ ތަމްރީންތަށް ފާހަގަކޮށްލެވޭކަމަށްވެސް އިޝްފާންބުންޏެވެ.

އެއްއަަހަރު
ދުވަހުގެ މުއްދަތަށް މައިޝާ ފުރިކަމުގައި ވީނަމަވެސް، ބެޑްމިންޓަން
އެސޯސިއޭޝަންއިން މަސައްކަތް ކުރަމުންދަނީ ދެހާސް ނަވާރަވަނަ އަހަރާހަމައަށް
މައިޝާ ތޯމަސް އެކަޑަމީގައި ބެހެއްޓުމަށެވެ.



މައިޝާގެ
އިތުރުން ތޯމަސް އެކަޑަމީގައި މިހާރުގެ ރާއްޖޭގެ ގައުމީ ޓީމްގެ ޝަޙުރުނާޒްއާ
އަފްނާންވެސްދަނީ ފަރިތަކުރުންތަށް ކުރިއަށް ގެންދަމުންނެވެ.