ޚަބަރު

ސަލާމަތީ ބާރުތަކުން 3 ތަނެއް ބަލައި ފާސްކޮށްފި


ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި މިހާރު ކުރިއަށްގެންދާ
އޮޕަރޭޝަންގެ ތެރެއިން ރޭ ތިންތަނެއް ބަލައި ފާސްކޮށް ތަހުޤީގަށް ބޭނުންވާ
ބައެއްސާމާނު ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. 

އެގޮތުން ފުލުހުންނަށް
ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން ރޭ ހުޅުމާލޭގެ އިރުމަތީ ފަރާތު އަތިރިމަތީ ސަރަހައްދުގައި
ހުރި ގެއަކާއި މާލޭގެ ދެ ގެއެއް ފުލުހުން ވަނީ ބަލާފާސްކޮށްފައެވެ. މިއޮޕަރޭޝަންގައި
ނުރައްކާތެރި އެއްވެސް ބާވަތެއްގެ އެއްޗެއް ފެނިފައި ނުވާކަމަށް ފުލުހުންގެ މީޑިޔާ
އޮފިޝަލް މަޢުލޫމާތުދެއެވެ. ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދެވުނު
ހަމަލާއަށްފަހު ފުލުހުންނާއި ސިފައިން ގުޅިގެން ގެންދަނީ ބައެއް ތަންތަން
ބަލާފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ. 

އަދި އެފަދަ އޮޕަރޭޝަންތަކުގެ
ތެރެއިން ބައެއް ތަންތަނުން ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި މީގެކުރިން
ފެނިފައިވެއެެވެ. އަދި އެފަދަ އޮޕަރޭޝަން ތަކުގެ ތެރެއިން މައްސަލައާއި ގުޅުންހުރި ބައެއްމީހުން
ވެސް މީގެކުރިން ފުލުހުންގެ ބެލުމުގެ ދެށަށް ގެންގޮސްފައިވެއެވެ.