ކުޅިވަރު

ޤައުމީ މުބާރާތުގައި ޕޮލިސް ކުލަބް ފުރަތަމަ މެޗް ކާމިޔާބުކޮށްފި


ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ޕޮލިސް
ކުލަބް އެޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. 

ޕޮލިސް ކުލަބް މިމެޗް
ކާމިޔާބުކުރީ، ރޭ މަތިމަރަދޫ ޒުވާނުންގެ
ޖަމިއްޔާއާ ވާދަކޮށް ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތަށް ޕޮލިސް
ކުލަބް ގެންދިޔައީ 25-5، 25-8، އަދި 25-11 ނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ،
ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާއެވެ.  

މިމުބާރާތުގައި މިއަދު ހަވީރު ކުޅުމަށް
ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ،
ނައިފަރު ޖުވެނައިލްއާއި ގުޑީސް ސްޕޯޓްސް ކުލަބްއެވެ. އަދި މިރޭ ކުޅުމަށް
ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ،
ކުލަބް ޕޯލް ސްޓާރއާއި މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއެވެ.