ވިޔަފާރި

ސުކޫކްގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުރެވިކަން ދައުލަތަކަށް ނުގެއްލޭނެ


ސުކޫކަށް ފައިސާ ނުދެއްކޭ ހާލަތެއްގައިވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން އޮންނާނީ ދިވެހި ދައުލަތުގައިކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ނިންމައިގެން ރާއްޖެއިން ސުކޫލް ވިއްކުމަށް މަސައްކަތް ކުރަމުންދާއިރު، ސުކޫކްއަށް ފައިސާ ނުދެއްކޭ ހާލަތެއްގައިވެސް އެއްވެސް އެހެން ފަރާތަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުރެވެރިކަން ބަދަލުނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ފައިސާ ނުދެއްކޭ ހާލަތުގައި ޒިންމާވާނީ ސަރުކާރުން ކަމަށާއި އެއްވެސް ހާލަތެއްގައި ހޮސްޕިޓަލް ވިކި ނުވަތަ މިލްކުވެރިކަން އެހެން ފަރާތަކަށް ނުދާނެކަމަށް ސަރުކާރުން ބުނަމުން އަންނަ ވާހަކަ މަބްރޫކް ތަކުރާރު ކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ މިފަދަ ސްކޫކެއް ސަރުކާރުން ނެގުމަށް ނިންމީ 2017 ވަނަ އަހަރު އިޝޫ ކޮށްފައިވާ ޔޫރޯ ބޮނޑު އަންނަ އަހަރަށް މެޗުއަރވެ، ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ފައިސާ އާދަޔާ ޙިލާފަށް އިތުރުވެގެންދާނެތީކަމަށެވެ. އަދި 250 މިލިއަން ޑޮލަރު، މިއަންނަ އަހަރު ދައްކަން ޖެހުމަކީ ދައުލަތަށް ބޮޑު މާލީ ޝޮކެއް ލިބޭނެ ކަމެއް ގޮތުގައި މަބްރޫކް ސިފަ ކުރެއްވިއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި މިފަދަ ސުކޫކެއް ވިއްކުމުގެ މަސައްކަތް ކުރެވި، ކާމިޔާބީއާއި ހަމައަށް ދިއުމަކީވެސް މިހާލަތުގައި ކަމިޔާބީއެއްކަމަށެވެ. އަދި ލާއޯސް އާއި މިސްރުންވެސް މިފަދަ ކަމެއް ކުރަން އުޅެ ކާމިޔާބު ވެފައި ނުވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވިދާޅުވީ މިމަހުގެ ސުކޫކްގެ ޓްރާންސެކްޝަންތައް ނިމޭނެ ކަމަށާއި، އޭގެ ފަހުން އެކަމާއި ގުޅޭ އިތުރު ތަފްސީލް ފިނޭންސް މިނިސްޓްރީން ހާމަކުރާނެކަމަށެވެ. އަދި މިމަސައްކަތް ކުރެވެނީ އިސްލާމީ އިޖާރާޙް އެއްބަސްވުމެއްގެ ދަށުން ކަމަށާއި، ފިނޭންސް މިނިސްޓްރީގެ ދަށުގައި ރަޖިސްޓަރ ކުރެވޭ "ސްޕެޝަލް ޕާޕަސް ވެހިކަލް" ކުންފުންޏަށް އެސެޓުން ލިބޭ ފައިދާ ޖަމާކުރާ ގޮތަށް އެކަން ރޭވިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.