ޚަބަރު

ކޯވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައިވަނީ ޢުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ނިޔާވީ މިހާއަކީ ޚަބަރުހުސްވެގެން އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ މީހެއްކަމަށެވެ. މިއަދު 12:27ގައި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ ނިޔާވެފައިވާކަމަށް އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ.

މިއީ ކޯވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 67ވަނަ މީހާއެވެ. މިއާކު މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދުވަނީ 59އަށް އަރާފައެވެ. އަދި 8 ބިދޭސީންވަނީ މިބަލީގައި މަރުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ބަލީގައި އެންމެ ފަހުން މީހަކު ނިޔާވިކަން އެޗްޕީއޭއިން ހާމަކުރައްވާފައިވަނީ މިމަހުގެ 21ވަނަ ދުވަހުގައެވެ. އެއީވެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިޔަ ޢުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިދިޔަ ފެބުރުއަރީމަހުއެވެ. އެމަހު 10 މީހުންވަނީ ނިޔާވެފައެވެ. އަދި މިދިޔަ ޖެނުއަރީމަހު 9 މީހުން ރާއްޖެއިން ވަނީ މިބަލީގައި ނިޔާވެފައެވެ. މިމަހުގެ މިހާތަނަށް
މިވަނީ މިބަލީގައި ރާއްޖެއިން 4 މީހުން ނިޔާވެފައެވެ.