ޚަބަރު

ލަންކާގައި މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްް- ޚާރިޖީ ވުޒާރާ


އިއްޔެގެ ވަގުތެއްގައި ސްރީލަންކާގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެހި ރައްޔިތެއް ކަމަށް ކަށަވަރު ކުރެވިފައިވާ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.  ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ދިވެއްސެއްކަން ކަށަވަރުކުރެވުނު ހިސާބުން މަރުވި މީހާގެ އާއިލާއަށް ލަންކާ ހައިކޮމިޝަން މެދުވެރިކޮށް އެހީތެރވަމުންދާކަމަށް. އަދި މަރުވި މީހާގެ އިތުރު މައުލޫމާތުތައް ޔަގީން ކުރަމުންދާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން މައުލޫމާތުދެއެވެ.  ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު އޮތީ ލަންކާގެ ކަލުބޯވިލާ ހޮސްޕިޓަލްގެ މޯޗަރީގައި ކަމަށާއި، މަރުގެ މައްސަލަ ލަންކާގެ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން މައުލޫމާތުދެއެވެ.