ޚަބަރު

ކުޅުދުއްފުށިން ވަދާނުކުމެ އުޅެނިކޮށް ހާލުދެރަވި މީހަކު ނިޔާވެއްޖެ


ކުޅުދުއްފުށިން ވަދާނުކުމެ އުޅެނިކޮށް މެއަށް ތަދެއް އަރައި، ހާލުދެރަވި މީހަކު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ވަދާނުކުމެ އުޅެނިކޮށް މެއަށް ތަދެއްއަރައި، ހާލުދެރަވެގެން ހަވީރުގެ ވަގުތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ، ކުޅުދުއްފުށީ، މަލިކުރުވާގެ އަޙްމަދު އިބްރާޙީމް (64އ) އެވެ.

އަހުމަދު އިބްރާހީމް އޭނާގެ ދަރިފުޅާއެކު ވަދާނުކުމެ ކުމުންދޫއާ ދިމާލުގައި ދޯނި އޮއްވައި ހާލުދެރަވުމުން އޭނާ ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު އެހެން ދޯންޏެއްގެ އެހީތެރިކަމާއެކުގައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އޭނާ ނިޔާވެފައިވަނީ މިއަދު ހަވީރު 4:42 ގައެވެ.