ވިޔަފާރި

ބޮއިންގް 787 ޑްރީމްލައިނަރގެ ބޯޓެއް ގަން އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ޖަައްސައިފި


އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް ބޮއިންގް 787 "ޑްރީމްލައިނަރ" މަރުކާގެ ބޯޓެއް ޖައްސައިފިއެވެ.

ބޮއިންގް 787 ޑްރީމްލައިނަަރ ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ފްލައިޓު ގަމުގައި ޖައްސާފައިވަނީ، މިސްރުގެ ވެރިރަށް ޤާހިރާއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމަށް ފަހުއެވެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނީ ބުދަ ދުވަހުގެ ވަގުތެއްގައި ފްލައިޓު ފުރާނެކަމަށެވެ.

މި ފްލައިޓު އަދި އެއްފަހަރު ގަމަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ގަން އެއަރޕޯޓުން ބުނެއެވެ. އެގޮތުން މިބޯޓު ލަންކާއަށް ދިއުމަށްފަހު އަނބުރާ ގަމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެއަރޕޯޓުން ބުނެއެވެ.

އަންގާރަ ދުވަހުގެ ރޭގަނޑު ގަމަށް ޖެއްސި ޑްރީމް ލައިނާއަކީ ކޮލަމް އަރޫބާއަށް ނިސްބަތްވާ ބޯޓެކެވެ. ޗާޓަރ މެނޭޖްމަންޓް ކުންފުނިން ފްލައިޓުތަކުގެ ތަފާތު އެކި ޚިދުމަތް ފޯރުކޮށްދެއެވެ.