ޚަބަރު

ގެއެއް ރޯކޮށްލާނެކަމަށް ބުނެ ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި


ހދ. ހަނިމާދޫ ގެއެއްގައި ރޯކޮށްލާނެކަމަށް
ބުނެ އެގޭ މީހުންނަށް ބިރުދައްކައި އިންޒާރުދިން މީހަކު މަސްތުވާތަކެއްޗާއެކު
ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ މިމައްސަލައާއި
ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށާއި މިމީހާ ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ  އުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު ކޮޓަރީގައި ހުރި އެނދުގެ
ބާލީސް ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ރަބަރު ޕެކެޓާއި
9 ހޮޅިކޮޅުގެ އިތުރުން 3800 ރުފިިޔާ ފެނިފައިވާ ކަމަށެވެ.



މިމައްސަލާގައި ހައްޔަރުކޮށްފައިވާ
މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް
ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަޑަނައަޅާތަނެއްގައި
ބަންދުގައި ބަހައްޓައިގެން ތަހުޤީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ
މުއްދަތެއް އޭނާގެ ބަންދަށް ޖަހާދީފައިކަމަށް ފުލުހުން ބުނެއެވެ. މި
މައްސަލަ ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤުކުރަމުންނެވެ.