ޚަބަރު

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެ


މިމަހު 12 ވަނަ ދުވަހު ކުޅުދުއްފުށީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.

އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ މުހައްމަދު ޒަޔާން އައްބާސްއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އޭނާ ނިޔާވީ ރޭ ފަތިހު 4:50ގައި ކަމަށެވެ. ހޮސްޕިޓަލުން

މައުލޫމާތުދިން ގޮތުގައި އޭނާގެ ދެ އޮޕަރޭޝަނެއް ކޮށްފައިވާއިރު ފުރަތަމަ އޮޕަރޭޝަނަށްފަހު އޭނާގެ ހާލު ދިޔައީ ރަނގަޅުވަމުންނެވެ. ނަމަވެސް އިއްޔެ އެކުއްޖާގެ ހާލު ދެރަވަމުން އިތުރު އޮޕަރޭޝަނެއް ކުރިއެވެ. އަދި 8 ގަޑިއިރުގެ އޮޕަރޭޝަނަށްފަހު ފަރުވާދީފައިވަނީ އައިސީޔޫގައިކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.