ވިޔަފާރި

ހާބަރާއި ކާނިވާ ސަރަހައްދުގައި ކެފޭ ހިންގުމުގެ ފުރުޞަތުދެނީ


މާލޭ ހުޅަނގު ހާބަރު
ސަަރަޙައްދުންނާއި އަލިމަސްއުފާ ކާނިވާ ސަރަޙައްދުން ކެފޭ ރެސްޓޯރަންޓު ހިންގުމަށް
ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިންގ މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފި އެވެ.



ހައުސިންގ މިނިސްޓްރީން
ވަނީ މާލޭ ހުޅަނގު ހާބަރު ސަރަޙައްދުންނާއި ކާނިވާ ސަރަޙައްދުން ކެފޭ ރެސްޓޯރަންޓު
ހިންގުމަށް 8 ތަނެއް ކުށްޔަށް ދޫކުރުމަށް ނިންމާ ޝައުޤުވެރިވާ ފަރާތްތަކަށް
އެފުރުސަތު ހުޅުވާލާފައެވެ. 

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ،
ހާބަރު ސަރަޙައްދުންނާއި ކާނިވާ ސަރަޙައްދުގައި ރެސްޓޯރަންޓު ހިންގަން
ޝައުޤުވެރިވާ ފަރާތްތަކުން މިމަހު 12 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭ
ކަމަށެވެ. 

އަދި އެކަމާ ބެހޭ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ލިބެން ހުންނާނެ
ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.