ޚަބަރު

ފަތާ ޓްރެކުގެ "ޑައިވިންގ ޕްލެޓްފޯމް" ޢާއްމުންނަށް ހުޅުވާލައިފި


މާލޭ ސްވިމިންގެ ޓްރެކްގައި ގާއިމުކުރި "ޑައިވިންގް ޕްލެޓް ފޯމް" ޢާންމުންނަށް ހުޅުވާލައިފިއެވެ.

ޑައިވިންގ ޕްލެޓްފޯމް ޢާންމުންނަށް ހުޅުވާލާފައިވާއިރު، ޑައިވްކުރަން ދަސްކުރާ ކުދިންނަށް ރައްކާތެރިކަމާއެކު ޑައިވް ކުރުމަށް ޕްލެޓްފޯމްއެއް ގާއިމްކޮށްފައިވާއިރު، ޢާންމުންނަށާއި ކުޑަކުދިންނަށް ޙާއްސަކޮށްގެން ވޯޓަރ ސްލައިޓްއެއްވެސް ހަދާފައިވެއެވެ.

ސްވިމިންގެ އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ މިއީ ވަރަށްގިނަ ދުވަހުގެ މަސައްކަތްކަމަށާ، ވަރަށް ކުއްސުރެއްވެސް ޑައިވިންގ ޕްލެޓްފޯމެއް ހެދުމުގެ ވިސްނުން އެސޯސިއޭޝަނުން ގެންގުނުކަމަށެވެ. އެހެންނަމަވެސް މިކަމަށް ޢަމަލީ ސިފަ މިއައީ މީހާރުގެ ޔޫތް މިނިސްޓަރު އަޙްމަދު މަޚްލޫފް މިމަސައްކަތް ކުރައްވަން ބޭފުޅުވުމުންކަމަށް އިސްމާޢީލް ވިދާޅުވިއެވެ.



އިންޓަރނޭޝަނަލް މިންގަނޑުތަކަށް ފެތޭގޮތަށް ޤާއިމުކޮށްފައިވާ ޑައިވިންގ ޕްލެޓްފޯމް ސަރަހައްދުގައި އެންމެ ހިކި ދިޔައިގައިވެސް މެދުވެގެން 14 ފޫޓް ހުންނާނެކަމަށާއި ރައްކާތެރިކަމާއެކު ޑައިވް ކުރާ ކުދިންނަށް މިހާރު ޑައިވް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އިސްމާޢީލް އަލީ ވިދާޅުވިއެވެ.

މިވަސީލަތާއެކު ޑައިކް ކުރާ ކުދިންނަށް ރައްކާތެރިކަމާއެކު ޑައިވް ކުރުމުގެ އިތުރުން، ކުޅިވަރެއްގެ ގޮތުގައިވެސް ޑައިވިން ކުރިއެރުމަށް މިއީ ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.

ފެތުމުގެ ޙަރަކާތްތަކާއި ގިނަ ޢަދަދެއްގެ ޢާންމުން ސްވިމިގ ޓްރެކް ބޭނުން ކުރަމުންދާއިރު، މިސަރަހައްދުގައި ހަދާފައިވާ ވޯޓަރ ސްލައިޑަކީ ކުޑަކުދިންގެ މެދުގައި ވަރަށްމަގްބޫލް ސްލައިޑެއްކަން ފާހަގަކޮށްލެވެއެވެ. މިތަން ހުޅުވާލުމާއެކުވެސް ވަރަށް ގިނަ ތުއްތުކުދިން މިވޯޓަރ ސްލައިޑް ބޭނުން ކުރަމުންދިޔަކަން ފާހަގަކޮށްލެވެއެވެ. މާލޭ ސްމިންގް ޓްރެކްގައި ހަދާފައިވާ ސިޑިބަރީގެ މަސައްކަތްވެސް ނިމި، މިހާރު އެތަންވެސްވަނީ ޢާއްމުނަށް ހުޅުވާލާފައެވެ.