ސިޔާސީ

ފޭކް އައިއީޑީ ބެހެއްޓިއަސް ޓެރަރިޒަމްގެ ދައުވާކުރާނެ - އުމަރު


އައި.އީ.ޑީ ގޮތަށް ސިފަކުރެވޭ ގޮތަށް
ބައެއް ފޭކު ތަކެތި އުފައްދާ، ތަންތަނުގައި ބަހައްޓާ ފަރާތްތަކާއި ދެކޮޅަށް
ޓެރަރިޒަމް ދައުވާ އުފުލާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރް ވިދާޅުވެއްޖެއެވެ.




މާލޭގެ ބައެއް ސަރަހައްދުން
އައިއީޑިއެއް ކަމަށް ޝައްކުކުރެވިގެން ބައެއް ތަކެތި  ސަލާމަތީ ބާރުތަކުން   ހޯދާފައިވާ މައްސަލައާއި ގުޅިގެން ޕީއެސްއެމް
ނިއުސްއާއި ވާހަކަ ދައްކަވަމުން އުމަރު ނަސީރް ވިދާޅުވީ މިއީ، ރައްޔިތުންގެ
ހިތުގައި ބިރުވެރިކަން އުފެއްދުމަށް ބަޔަކު ގަސްދުގައި ކުރާކަމެއްކަމަށެވެ. އަދި
މި ޢަމަލަކީ ޓެރަރިޒަމްގެ ޢަމަލެއްކަމުން އެ ފަރާތްތައް ހޯދާ އެންމެ ހަރުކަށި
އަދަބު ދޭނެކަމަށްވެސް  އުމަރު ނަސީރް
ވިދާޅުވިއެވެ.



މި މައްސަލަ ތަހްގީގްކޮށް އެކަން ކުރި
ބައެއް ހޯދުމަށް ފުލުހުންނަށް ޢަމުރުކުރައްވާފައިވާނޭކަމަށްވެސް އުމަރު ނަސީރް
ވިދާޅުވިއެވެ.



ގޮވާ
ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން ސަލާމާތީ ބާރުތަކުން ރޭ  ކަސްޓްމަސް 
ސަރަހައްދު ބަލާ ފާސްކޮށްފައިވާއިރު މިއަދު  ހާބަރު ސަރަހައްދުވެސް  ބަލާ ފާސްކޮށްފައިވެއެވެ. އަދި  އިއްޔެ ހަވީރުގެ ވަގުތެއްގައި ސްޓެލްކޯ
ސަރަހައްދުވެސް ބަލާ ފާސްކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.