ކުޅިވަރު

ނަތީޖާގެ ތަފާތު ބޮޑުވީ މެޗުގެ ކުރީކޮޅު ގޯލެއް ޖެހުމުން - ގާޑިއޯލާ


މެޗުގެ ކުރީކޮޅު ގޯލެއް ކާމިޔާބުކުރެވުމަކީ އާސެނަލް އަތުން ބޮޑު ތަފާތަކުން މޮޅުވި މައިގަނޑު ސަބަބުކަމަށް ބަޔާން މިޔުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ރޭ ބަޔާން މިޔުނިކް އާސެނަލް އަތުން މޮޅުވީ 5-1ގެ ބޮޑު ތަފާތަކުންނެވެ.މެޗުގައި ބަޔާން މިޔުނިކްގެ ލަނޑުތައް ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީ، ތޯމަސް މުލާ ޑޭވިޑް އަލަބާ އަދި އަޔެން ރުބެންއެވެ. މުލާ ވަނީ މެޗުގައި ދެ ގޯލް ޖަހާދީފައެވެ. އަނިޔާގައި މުހިންމު ގިނަ ކުޅުންތެރިންތަކެއް ތިބި އާސެނަލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފޯވާޑް އޮލިވިއޭ ޖިރޫއެވެ.މެޗަށްފަހު ބަޔާން މިޔުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މެޗަށް ނިކުތްއިރު ތިން ޕޮއިންޓް ހޯދޭނެކަމަށް ޤަބޫލުކުރެވުނު ކަމުގައިވިޔަސް މިހާ ބޮޑު ތަފާތަކުން މޮޅުވާނެކަމަށް އެއްވެސް ވަރަކަށް އުއްމީދު ނުކުރާކަމަށެވެ. މެޗުގެ ކުރީ ކޮޅު ގޯލެއް ކާމިޔާބުކުރެވުމާއި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އޭނާ ބޭނުންވި ގޮތަށް ބާޔާނުން ކުޅުނު ކަމަށެވެ. "މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަން. މިހާ ބޮޑު ތަފާތަކުން މޮޅުވާނެކަމަށް އުއްމީދު ނުކުރަން. މެޗުގެ ކުރީކޮޅު ގޯލެއް ޖެހުމުން އަސްލު މިހާ ފަސޭހަ މޮޅެއް މި ލިބުނީ" ގާޑިއޯލާ ބުންޏެވެ. މެޗަށް ފަހު އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނީ އާސެނަލްގެ ޑިފެންސް ލައިނުން ދެއްކި ކުޅުން ހައިރާންވާވަރަށް ދަށްކަމަށާއި، ހުރިހާ ކަމެއްވެސް ދިޔައީ ގޯސްކޮށްކަމަށެވެ. އަނިޔާގެ އަސަރު ޓީމަށް ކޮށްފައިވާ މިންވަރު މި މެޗުން އެނގިގެން ހިނގައްޖެކަމަށާއި، ދެވަނަ ބުރުން ޖާގަ ހޯދުމަށް ކިތަންމެ ކުޑަ ފުރުސަތެއް އޮތަސް އުއްމީދު ގެއްލުވާ ނުލާނެކަމަށެވެ."ވަރަށް ހަނި ފުރުސަތެއް މިހާރު އޮތީ ދެވަނަ ބުރުގެ ޖާގައެއް ހޯދަން. އެކަމަކުވެސް އުއްމީދު ގެއްލުވާ ނުލަން. އާސެނަލްގެ ޑިފެންސް ލައިން މެޗުގައި ވަރަށް ދަށް" ވެންގާ ބުންޏެވެ.ރޭގެ މެޗަކީ ޔޫރަޕްގެ ފުޓްބޯޅާގައި އެއް މެޗެއްގައި އާސެނަލް ކޮޅަށް ފަސް ލަނޑު ވަތް ދެވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. އަދި މީ ހަތަރު ލަނޑުގެ ތަފާތުން އާސެނަލް ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ބަލިވި ދެވަނަ ފަހަރެވެ. ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތައް:ގްރޫޕް އީބާސެލޯނާ 3-0 ބާޓޭ ބޮރިސޯއޭއެސް ރޯމާ 3-2 ބަޔާ ލެވަކޫޒެންގްރޫޕް އެފްބަޔާން މިޔުނިކް 5-1 އާސެނަލްއޮލިމްޕިއާކޯސް 2-1 ޑައިނަމޯ ޒަގްރެބްގްރޫޕް ޖީމެކަބީ ޓެލް އަވީވް 1-3 އެފްސީ ޕޯތޯ ޗެލްސީ 2-1 ޑައިނަމޯ ކިއޭވްގްރޫޕް އެޗްއޮލިމްޕިކް ލިޔޯން 0-2 ޒެނިތްޖެންޓް 1-0 ވެލެންސިޔާ