ވިޔަފާރި

މިހިން ލަންކާގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ


ސްރީލަންކާގެ
ޤައުމީ އެއް އެއާލައިން، މިހިން ލަންކާގެ ސީދާ ދަތުރުތަށް ރާއްޖެއަށް އަލުން ފެށުމަށް
ތައްޔާރުވެފައި ވާކަމަށް އެކުންފުނިން ބުނެފިއެވެ.



ސްރީލަންކަން
އެއާލައިންސް އާއި ގުޅިގެން މިހިންލަންކާއިން މީގެ ކުރިންވެސް ރާއްޖެއަށް ސީދާ ފްލައިޓްތަކެއް
އޮޕަރޭޓް ކޮށްފައިވެއެވެ. ނަމަވެސް މިމަހުގެ 12 ވަނަދުވަހުން ފެށިގެން
އެކުންފުނިން ސީދާދަތުރުތަށް ފަށަނީ ރާއްޖެއާއި ލަންކާއާއި ދެމެދު އެކިއެކި ބޭނުން
ތަކުގައި ދަތުރުކުރާ މީހުންގެ ޢަދަދު އިތުރުވެފައި ވާތީ ކަމަށް މިހިން ލަންކާގެ
ހެޑް އޮފް ކޮމާޝަލް ރޯހަނާ ޕެރޭރާ ވިދާޅުވިއެވެ.



ރާއްޖެއާއި
ލަންކާއާއި ދެމެދު މިހިންލަންކާ މެދުވެރިކޮށް އެންމެ ކުޑަކޮށް 143 ޑޮލަރަށް ދަތުރު
ކުރެވޭނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ. އަދި ބިޒްނަސް ކްލާހުން
ދަތުރުކުރައްވާ ފަރާތްތަކަށްވެސް 172 ޑޮލަރަށް ދެކޮޅުޓިކެޓް ލިބޭނެ ގޮތްތަކެއް އެކުންފުނިން
ވަނީ ތަޢާރަފް ކޮށްފައެވެ.



ރާއްޖެއާއި
ކޮލަމްބޯއާއި ދެމެދު ހަފްތާއަކު 3 ދުވަހު ދަތުރުކުރުމަށް މިހިންލަންކާއިން ވަނީ
ނިންމާފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު
ކޮލަމްބޯއިން މާލެއަށް އަދި މާލެއިން ކޮލަމްބޯއަށް ދަތުރުކުރާނެކަށް އެ
އެއާލައިނުން ބުނެއެވެ.