ވިޔަފާރި

"ޓެޕް" ޕްރޮގްރާމު އިތުރަށްފުޅާކުރަންޖެހޭ - ޑެޕިއުޓީ މިނިސްޓަރ


ޓުއަރިޒަމް އެޑަޕްޓޭޝަން ޕްރޮޖެކްޓް "ޓެޕް" އަކީ ހަމައެކަނި
މޫސުމަށް އަންނަ ބަދަލުތަކުން ފަތުރުވެރިކަމަށް ކުރާ އަސަރު ދެނެގަނެ ހައްލު
ހޯދައިދޭ ޕްރޮގްރާމަކަށްވުރެ ބޮޑަށް ފުޅާކުރަން މިހާރު ޖެހިފައިވާ ޕްރޮގްރާމެއް
ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ލިރާރު ވިދާޅުވެއްޖެއެވެ.




ލިރާރު މިހެން ވިދާޅުވީ،  ޓެޕް
ޕްރޮގްރާމްގެ މަޢުލޫމާތު ދިނުމާއި، ވެބްސައިޓް ލޯންޗް ކުރުމަށް ކަސްޓަމްސް
ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.



ޓުއަރިޒަމް
އެޑަޕްޓޭޝަން ޕްރޮޖެކްޓް "ޓެޕް" ޕްރޮގްރާމަކީ، މޫސުމަށް އަންނަ
ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރު ދެނެގަތުމާއި، އެކަންކަން ހައްލު
ކުރުމަށް ދުވަހުން ދުވަހަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ކުރިއަށްގެންދާ
ޕްރޮގްރާމެކެވެ.  ޓެޕް ޕްރޮގްރާމަކީ،
ޔޫއެންޑީޕީ އާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ އެ
ޕްރޮގްރާމެކެވެ.



ޓެޕް ޕްރޮގްރާމްގެ މަޢުލޫމާތު
ހިއްސާ ކުރުމަށް 2 ދުވަހަށް ކުރިއަށްގެންދާ ސެމިނަރ ޝަރަފުވެރި ކޮށްދެއްވާ
ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ހުސެން
ލިރާރު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތައް ބަލާއިރު ފަތުރުވެރިކަމަށް
ހަމައެކަނި އަސަރު ކުރާނީ، މޫސުމަށް އަންނަ ބަދަލުތަކުން ނޫން ކަމަށާއި، ރާއްޖޭގެ
ހަމަޖެހުންވެސް ފަތުރުވެރިކަން ކުރިއެރުވުމަށް އިސް ދައުރެއް އަދާ ކުރާ ކަމަށެވެ.



އެހެންކަމުން ޓެޕް
ޕްރޮގްރާމް އިތުރަށް ފުޅާ ކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅުއްވާ ކަމަށް
ލިރާރު ވިދާޅުވިއެވެ.