ނައިބް ރައީސް
އަހްމަދު އަދީބުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ވަކީލު
ޙުސައިން ޝަމީމް، ދިވެހިރާއްޖޭގެ އެއެއްވެސް ކޯޓެއްގައި ވަކާލާތު ކުރުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކުރައްވައިފއެވެ.
ސުޕްރީމް ކޯޓުން ބުނީ، ޝަމީމަށް ވަކާލާތު
ނުކުރެވޭގޮތަށް ނިންމީ އެނާ ދިވެހިރާއްޖޭގެ
ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދާއި ޚިލާފުވެފައިވާކަމުގެ
މައްސަލައެއް އެ ކޯޓުން ބައްލަވަމުންދާތީ ކަމަށެވެ. އަދި މި މައްސަލަ ވަކި ގޮތަކަށް
ނިމެންދެން ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަމީމަށް ވަކާލާތު
ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެއެވެ.