ޚަބަރު

އެއަރޕޯޓް މުއައްޒަފުންތަކެއް ޕޮޒިޓިވްވެ ކުޑަހުވަދޫ މޮނީޓަރިންގއަށް


ދ.ކުޑަހުވަދޫއިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ޙާލަތަކަށް ގެނެސްފިއެވެ.

އެޗްއީއޯސީން ވިދާޅުވީ އެރަށް މޮނިޓަރިންއަށް ލާފައިވަނީ ކުޑަހުވަދޫ އެއަރޕޯޓުގައި މަސައްކަތްކުރާ 6 މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ. މި 6 މީހުންގެ ޓެސްޓު ހަދާފައިވަނީ ހުމާއި ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

މިކޭސްތަކާއި ގުޅިގެން މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާތީ އެރަށްވަނީ މޮނީޓަރިންގެ ޙާލަތަކަށް ގެނެވިފައެވެ. މިޙާލަތުގައި އެރަށަށް އަރާ ފޭބުމަކީ މަނާކަމެކެވެ.

ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މޮނިޓަރިންގއަށް ލާ ރަށްރަށުގައި މީހުން އެއްގެއިން އަނެއް ގެއަށް ދިއުމާއި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލަންޖެހެއެވެ. އަދި ރައްކާތެރިކަމަށްޓަކައި ޒަރޫރީ ބޭނުންތަކުގައި ބޭރަށްދާނަމަ މާސްކު އަޅަންޖެހެއެވެ.

ކޯވިޑް-19ގެ ކޭސްތައް ރާއްޖޭގައި ފެންނަ ޢަދަދު އިތުރުވެފައިވާއިރު އަތޮޅުތެރެއިންވެސް ކޭސްތައް ފެންނަ އަދަދު އަންނަނީ އިތުރުވަމުންނެވެ.