ޚަބަރު

ޙަބަރު ފެތުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް އަންގައިފި


ކުއްލި ނުރައްކަލުގެ ހާލަތުގައި ޚަބަރު ފެތުރުމުގައި
ސަމާލުވެ، ހަގީގަތް އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން
ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓުކުރާ ފަރާތްތަކަށް އަންގައިފިއެވެ. 



މިކަން އެންގުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ
ހާލަތު ރައީސުލްޖުމުހޫރިއްޔާ މިއަދު އިއުލާންކުރައްވާފައިވާތީ، ބްރޯޑްކާސްޓު
ކުރާފަރާތްތަކުން އެކަމަށް ސަމާލުވެ، 
މި ނުތަނަވަސް ހާލަތުގައި ޤައުމުގެ އަމަންއަމާންކަން ގެއްލި  ހަމަނުޖެހުމަކަށް ހިތްވަރުލިބި، ހަގީގަތް
އޮޅިގެންދާގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން
ރާއްޖޭގައޮ ބްރޯޑްކާސްޓްކުރާ ފަރާތްތަކަށް އަންގާކަމަށެވެ. 



އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ސަބަބައި،
ގުޅުންހުރި، އެއްވެސް މައުލޫމާތެއް ހާމަކުރަންވާނީ، ކަމާބެހޭ ރަސްމީ އިދާރާތަކުން
ކަށަވަރުކުރުމަށްފަހުގައި ކަމަށްވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގާކަމަށް
ޝަހީބް ވިދާޅުވިއެވެ. 



ޑިމޮކްރަސީގެ މައިގަނޑު އަސާސްކަމުގައިވާ
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ
ހުރިހާ މުއްސަސާތަކުންވެސް އެއްބާރުލުން ދެއްވުމަށް ބްރޯޑްކާސްޓިންގ
ކޮމިޝަނުންވަނީ އިލްތިމާސްކޮށްފައެވެ.