ވިޔަފާރި

އެސްބީއައި އިން ޓްރެވަލް ކާޑެއް ތައާރަފްކޮށްފި


ސްޓޭޓް ބެންކް އޮފް އިންޑިއާ، އެސްބީއައި އިން ޓުރެވަލް
ކާޑެއް ތައާރަފްކޮށްފިއެވެ.



ދަރުބާރުގޭގައި ކުރިއަށްދިޔަ ފިނަންޝިއަލް އެކްސްޕޯގެ ތެރެއިން
ބޭއްވި ރަސްމިއްޔާތެއްގައި، މި ޓްރެވަލް ކާޑް ތައާރަފްކޮށްދެއްވީ ގަވަރނަރ ޑރ.
އަޒީމާ އާދަމް އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދެވެ.



ދަތުރުތައް ކުރައްވާ ފަރާތްތަކުން ފައިސާ ގެންދިއުމުގެ
ބަދަލުގައި ކާޑެއް ބޭނުންކޮށްގެން ރާއްޖެ އިން ބޭރުގައި ފައިސާ ހަރަދު ކުރުމުގެ
ފުރުސަތު ދިނުންމަށްޓަކައި އެސްބީއައި އިން ތައާރަފްކޮށްފައިވާ މި ކާޑާއި
ގުޅޭގޮތުން މައުލޫމާތު ދެމުން އެސްބީއައިގެ އޮފިޝަލެއް ވިދާޅުވީ މި ޓުރެވަލް
ކާޑުން ދުވާލެއްގެ މައްޗަށް 5000 ޑޮލަރު ޕީއޯއެސްތަކާއި އޮންލައިން ވިޔަފާރިއަށް
ބޭނުން ކުރެވޭއިރު އޭޓީއެމްތައް މެދުވެރިކޮށް 2000 ޑޮލަރު ނެގޭނެ ކަމަށެވެ.



އެސްބީއައިގެ އެކައުންޓެއް ނެތް ފަރާތްތަކަށް ވެސް އެކާޑު ބޭނުންކުރެވޭނެ
ކަމަށްެވެސް އެ ބޭންކުން މައުލޫމާތުދެއެވެ.