އައްޑޫ ސިޓީގައި ދެ ގްރޫޕްކުން ހިންގި މާރާ މާރީއެއްގައި 7 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ ކުޑަކުދިންގެ ޕާކް ސަރަހައްދުގައި ދެ ގްރޫޕޫޕެއްގެ ދެމެދުގައި ހިނގި މާރާ މާރީއެއްގެ މައްސަލަ މިރޭ 18:30 ކަން ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. މިމާމާރާ މާރީގައި 7 މީހަކަަށް އެކި ވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަނިޔާވި ބައެއް މީހުންނަށް ފޭދޫ ހެލެތު ސެންޓަރުގައި ފަރުވާދެމުންދާއިރު، ބައެއް މީހުންނަށް ހިތަދޫ ހޮސްޕިޓަލުގައިވެސް ފަރުވާދެމުންދާކަމަށެވެ.
މިމައްސަލަ ފުލުހުން އުތުރަށް ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.