ވިޔަފާރި

މެގަޗިޕުން އާ ސޮފްޓްވެއާތަކެއް ރާއްޖެއަށް ތައާރަފްކޮށްފި


ފުޅާ
ދާއިރާއެއްގައި ރާއްޖޭގައި ކޮމްޕިއުޓަރާއި އޭގެ ސާމާނު ވިއްކާ، މެގަޗިޕުން، މައިކްރޮސޮފްޓާއި
ގުޅިގެން އާ ސޮފްޓްވެއާތަކެއް ރާއްޖެ އަށް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އަލަށް
ތައާރަފްކޮށްފައިވަނީ މައިކްރޮސޮފްޓް އޮފީސް 365 އަދި ކްލައުޑް ސޮލިއުޝަނެކެވެ.



މި
އިވެންޓްގައި މައިކުރޯސޮފްޓްގެ އޮފިޝަލުން ވަނީ މައިކްރޮސޮފްޓް އޮފީސް 365 އަދި
ކްލައުޑް ސޮލިއުޝަން އާއި ގުޅޭ ޕްރެސެންޓޭޝަނެއް ދީފައެވެ.



 މެގަޗިޕުން  ބުނީ މި ފަދަ ސޮފްޓްވެއާތައް ތައާރަފްކުރުމުގެ
ބޭނުމަކީ މެދު ފަންތީގެ ވިޔަފާރިވެރިންނަށް ފަސޭހަ ގޮތެއްގައި މައިކްރޮސޮފްޓް
ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށެވެ.