ޚަބަރު

މައުލޫމާތު ހޯދުމަށް މީގެ ފަހުން ނެރޭނީ އަމުރު- އޭސީސީ


އެންޓި-ކޮރަޕްޝަން
ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ދައުލަތުގެ އެކިއެކި
އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ހޯދަން ބޭނުންވާ މައުލޫމާތާއި ލިޔުންތައް
ހޯދުމަށްޓަކައި ސިޓީ ފޮނުވުމުގެ ބަދަލުގައި އަމުރު ނެރޭ ގޮތަށް އޭސީސީން ހަމަޖައްސައިފިއެވެ. 



އޭސީސީން ނެރުނު
ބަޔާނެއްގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިިގެން
މިގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. 

މިގޮތަށް ހަަމަޖެއްސީ އެންޓި ކޮރަޕްޝަން
ކޮމިޝަންގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ނ،ރ،ބ އިން ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ
ދަށުން ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، މިގޮތަށް ހަމަޖައްސަން
ޖެހުނީ އޭސީސީން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ބޭނުންވާ މައުލޫމާތާއި
ލިތުންތައް ހޯދުމަށް ކޮމިޝަނުގެ މުވައްޒަފުން ދިޔުމުން ނުވަތަ އެފަދަ މައުލޫމާތާއި
ލިޔުންތައް ފޮނުވައިދިނުމަށް އެދުމުން، ދައުލަތުގެ ބައެއް އިދާރާތަކުންނާއި
އަމިއްލަ ބައެއް ފަރާތްތަކުން އެފަދަ މައުލޫމާތު ކޮމިޝަނަށް ފޯރުކޮށްދިނުމުގައި
ހަރުދަނާ އުސޫލެއް ޤާއިމްކުރުމުގެ ގޮތުންނާއި ކޮމިޝަނުން ތަޙުޤީޤްކުުރުމުން ގެންދާ
މައްސަލަތައް ހަލުވިކުރުމުގެ ގޮތުން ކަމަށެވެ. 

އަދި އަމުރު ނެރޭ ގޮތަށް
ހަމަޖެއްސުމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބޭނުންވާ މައުލޫމާތާއި
ލިޔުންތައް ދިނުމަށް އިންކާރުކުރާ ފަރާތްތަކާއި ކޮމިޝަންގެ ތަޙުޤީޤުތަކަށް
ބޭނުންވާ މައުލޫމާތު ދިނުމަށް ހުރަސްއަޅާ ފަރާތްތަކާއި، ކޮމިޝަންގެ ޤާނޫނީ
މަސްއޫލިއްޔަތު އަދާކުރުމަށް އެއްބާރުލުން ނުދޭ ފަރާތްތަކާމެދު އެންޓި ކޮރަޕްޝަން
ކޮމިޝަނުގެ ޤާނޫނުގެ 27 ވަނާ މާއްދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ
ޤާނޫނުލްއުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާ ގޮތަށް
ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝްން ކޮމިޝަނުން ބުނެއެވެ.