ޚަބަރު

ކޯވިޑް-19 : ބާރަށުން އިތުރު 5 މީހުން ޕޮޒިޓިވްވެ، ޕޮޒިޓިވްވި މީހުންގެ ޢަދަދު 31އަށް!


ހއ.ބާރަށުން އިތުރު 5 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، ޕޮޒިޓިވްވި މީހުންގެ ޢަދަދު 31އަށް އަރައިފިއެވެ.

ހއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ ބާރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 5 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަމަށާއި އެންމެ ފަހުން މާލެ ފޮނުވި ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދިވެސް ނުލިބޭކަމަށެވެ.

މިއަދާ ހަމަޔަށް ބާރަށުން ޖުމްލަ 385 ސާންޕަލް ނަގާފައިވެއެވެ. އޭގެ ތެރެއިން 31 ސާންޕަލެއް ޕޮޒިޓިވްވެފައިވެއެވެ. މިއަދު ބާރަށުން 5 މީހުން އަލަށް ޕޮޒިޓިވްވެފައިވެއެވެ. އިއްޔެވެސް މީހަކު ޕްޒިޓިވް ވެފައި ވާކަމަށް ހޮސްޕިޓަލުން މަޢުލުމާތުދެއްވިއެވެ.

ބާރަށުގައި ކަރަންޓީނުގައި ތިބި 9 މީހެއްގެ ރިލީސް ސާމްޕަލްގެ ނަތީޖައިން، ކޯވިޑް-19އަށް ޕޮޒިޓިވްކަން ހާމަވީއިރު، އެރަށުގެ ބައެއް މީހުންވަނީ އެ 9 މީހުންނާ ކޮންޓެކްޓުވެފައެވެ. އަދި އޭގެތެރެއިން ބައެއް ޑައިރެކްޓް ކޮންޓެކްޓުންވެސްވަނީ ޕޮޒިޓިވްވެފައެވެ. ހއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީކޮންޓެކްޓުންގެ ކޮންޓެކްޓުންކަމަށެވެ.

ބާރަށު ކައުންސިލްގެ ރައީސް އާސިފް ޢަބްދުﷲ ވިދާޅުވީ އިއްޔެއާ ހަމަޔަށް އެރަށުން 200 ވުރެއްގިނަ ގެ ކަރަންޓީން ކޮށްފައިވާކަމަށެވެ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މިމަހުގެ 1 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ބާރަށް މޮނިޓަރިންއަށް ލާފައެވެ. އަދި ކޮވިޑުގެ އިތުރު ކޭސްތަކެއް ފެނުމާގުޅިގެން މާޗުމަހުގެ 2ވަނަ ދުވަހުން ފެށިގެން އެރަށަށް އަދިވެސް އޮތީ ފުރަބަންދުގެ ހާލަތުގައެވެ.